ކޮވިޑް19ގެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރަށް މައުލޫމާތު ދެއްވައިފި

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މައުލޫމާތު ހޯއްދަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑުވަޒީރު އިމްރާން ޚާން އާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކޮރޯނާވައިރަހާ ގުޅިގެން ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ.

ހަމައެއާއެކު މިހާރުވެސް ބަދަހި، ދެ ގައުމުގެ ހާރިޖީ ގުޅުން، އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

ޕާކިސްތާނުން މިހާތަނަށް 284,660 މީހަކަށް ކޮވިޑް19 ޖެހިފައި ވާއިރު، ބަލީގައި 6,097 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން 5,041 މީހަކަށް ބަލި ޖެހި، ބަލީގައި 19 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް