އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ އައު ހައި ކޮމިޝަނަރު ، ފައިސަލް ރަސުލް ލޯދި, ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ފަތްކޮޅު އަރުއްވައިފިއެވެ.
ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު, އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ އާއި ހައިކޮމިޝަނަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ސިއްހަތާއި ފަތުރުވެރިކަމާއި ވިޔަފާރި ހިމެނޭ ގޮތަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް, ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އާއި ރާއްޖެއިން ދެއްވާ ވަރުގަދަ އެއްބާރުލުމަށް ހައިކޮމިޝަނަރު ވަނީ ތައުރީފު ކުރައްވާފައެވެ.