ތާރީހަށް އަހުލުވެރިކުރުވާ "ތުއްރަވާސް"ގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ތާރީހަށް އަހުލުވެރިކުރުވުމަށް ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ގެންދާ "ތުއްރަވާސް"ގެ ފަސް ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބަހުގެ އެކަޑެމީން ބުނީ ދަރިވަރުން ތާރީހަށް އަހުލުވެރި ކުރުމުގެ ގޮތުން "ތުއްރަވާސް 5" ހުޅުވާލާފައި ވަނީ ތިން އުމުރުފުރާއަކަށް ކަމަށެވެ.

އެއީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 15 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

ވީމާ، ތުއްރަވާހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ހައެއް ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެކެޑަމީއަށް ހުށައެޅުމަށް ވަނީ އެދިފަަ އެވެ.

"ތުއްރަވާސް 1" ކުރިއަށް ގެންދިޔައީ 2017 ވަނަ އަހަރުއެވެ.

އެ ޕްރޮގްރާމްގެ ސަބަބުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ކޮލެޖު ޔުނިވާސިޓީތަކުގެ ދަރިވަރުން ބަހާއި ތާރީހަށް އަހުލުވެރިވެ، ދަރިވަރުންގެ ހިއްތަކުގައި މިކަމަށް ލޯބިޖައްސައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮއްދިނުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެ އެކެޑެމީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް