ގިނަ ރަށްތަކަކަށް އުދަ އަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރާޅު އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވަނީ ނެރިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެދު ރާއްޖެ އިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޯލްޑިވަސް މީޓްރޮލަޖީ އިން ބުނީ މިއަދު 3:00 އިން ފެށިގެން މިރޭ 7:00 ޖެހުމާއި ހަމައަށް ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތައް ކަމަށް މެޓް އޮފީހުން ބުނެއެވެ،

އިއްޔެ ވެސް ހަމަ އެ ވަގުތުތަކުގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރިފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭ އަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވެފައިވާއިރު ގިނަ ރަށްތަކަކަށް އަންނަނީ ރާޅު އަރައި ރަށް ގިރުމުގެ މައްސަލަތަކެއް ކުރިމަތިވަމުންނެވެ.

comment ކޮމެންޓް