282 މިލިއަން ރުފިޔާއަށް މުޅި އައްޑޫގެ ފެން ވިއުގަ އަޕްގްރޭޑްކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ ޕީއެސްއެމް

ރޭ، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ފަދައިން މިއަދު މުޅި އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަދު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.

މިއީ 282 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓުރަކްޝަން އެންޑް އިންފުރާސްޓުރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠާމް މުޙައްމަދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އަހްމަދު ޠާރިގު ވިދާޅުވީ އައްޑޫގައި މިހާރު އޮތް ނިޒާމަކީ 26،000 އެއްހައި މީހުންގެ އާބާދީއަކަށް އޮތް ނިޒާމެއް ކަމަށެވެ.

ނަމަވެސް އަޕްގްރޭޑިން މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް ތިން ގުނައަށް ކެޕޭސިޓީ އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

"ކުރީގެ ހެދިފައި އޮތް ފެނުގެ ނިޒާމަކީ ގާތްގަނޑަކަށް 26،000 އައްޑޫ ސިޓީގެ ރައްޔިތުންނަށް ހެދިފައިވާ ނިޒާމެއް. އެހެންނަމަވެސް މިއަދު ސޮއިކުރެވުނު އަޕްގުރޭޑް ނިމޭއިރު 65،000 ރައްޔިތުންނަށް ކޭޓަރު ކުރެވިގެންދާނެ، މި ސިސްޓަމަށް." ޠާރިގު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރައްޔިތުންނަށް 24 ގަޑިއިރު ސާފު ބޯ ފެން ލިބޭނެ ގޮތެއް ހެއްދެވުމަށް ޓަަކައި ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އާރޯ ޕުލާންޓްގެ ބިލްޑިންއެއް އެ ސަރަޙައްދުގައި ގާއިމް ކުރާނެ ކަމަށެވެ.

ނަމަވެސް ބަޖެޓު ހޯދައި، މަސައްކަތްތަކެއް ކުރެވޭނެ ފުރުސަތު ދިނުމަށް ޕީއެންސީއަށް ނިސްބަތްވާ އައްޑޫ މެމްބަރުން މަޖިލީހުގައި ތިބުން ވަރަށް މުހިއްމު ކަަމަށެވެ.

މާލޭ ވޯޓާ އެންޑް ސެވަރޭޖް ގެ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން ވިދާޅުވީ އައްޑޫސިޓީ އޮީ ވަރަށް ހާލުގައި ކަމަށެވެ.

އަދި މި މަސައްކަތަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިސް ނެންގެވުމުގެ ދަށުން ކުރި މަސަައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް