އެމިރޭޓްސްގެ ކާގޯ ދަތުރުތައް ރާއްޖެއަށް

އެމިރޭޓްސްގެ ކާގޯ ފްލައިޓެއް -- ފޮޓޯ: އެމިރޭޓްސް

މިމަހުގެ ތެރޭ 100 މަންޒިލަކަށް އެމިރެޓްސްގެ ކާގޯ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެމިރޭޓްސް އިން ބުނީ އެމިރޭޓްސް ސްކައި ކާގޯ އިން ދުނިޔޭގެ ހަ ބައްރުގެ، 100 މަންޒިލަށް ކާގޯ ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެއާ ކާގޯ ނެޓްވޯކަށް އިތުރުކުރި މަންޒިލުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ.

އެމިރޭޓްސްގެ ކާގޯ ދަތުުތައް ކުރާނެ މަންޒިލުތައް --

އެމިރޭޓްސް އިން ބުނީ ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާއެކު އެއާ ކާގޯގެ ހިދުމަތަށް ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ސަރަހައްދުތަކަށް މި ހިދުމަތް ފުޅާކުރަން އެ އެއާލައިނުން ނިންމީ ކަމަށް އެމިރޭޓްސް އިން ބުންޏެވެ.

މިއާއެކި ކޮވިޑް19ގެ ހާލަތުގައި އެކި ސަރަހައްދުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި މެޝިނަރީސް ފޯރުކޮށްދނުމުގައި އެހީއަކަށްވާނެ ކަމަށް އެމިރޭޓްސް އިން ބުންޏެވެ.

އެމިރޭޓްސް ސްކައިކާގޯ އިން ދަނީ ޝެޑިއުލް ކާގޯ ދަތުރުތަކުގެ އިތުރުން އެކި ގައުމުތަކަށް ބޭނުންވާ ޕީޕީއާއި މެޝިނަރީސް ފޯރުކޮށްދިނުމަށް ޗާޓާޑް ފްލައިޓުތައްވެސް ބާއްވަމުންނެވެ.

އެމިރޭޓްސް އިން މިހާރުވެސް ދަނީ 30 މަންޒިލަކަށް ކާގޯ ދަތުރުތައް ބާއްވަމުންނެެވެ. މި ދަތުރުތަކަށް ބޭނުންކުރަނީ ބޮއިން 777 މަރުކާގެ ބޯޓެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑު ކުޑަވެ، ކާގޯ ދަތުރުތަކަށް ވަނީ ޑިމާންޑު ބޮޑުވެފައެވެ.

އެމިރޭޓްސް އިން ވަނީ ޖުލައި 16 އިން ފެށިގެން ދުބާއީ ާއި މާލެ އާއި ދެމެދު ޝެޑިއުލް ފަސިންޖާ ދަތުރުތައްވެސް ފަށަން ނިންމައިފައެވެ.

https://sun.mv/139199

comment ކޮމެންޓް