ވޯލްޑް ޓްރެވަލް އެވޯޑްގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓު ވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން: ވޯލްޑް ޓްރެވަލް އެވޯޑްސްގެ 16 އެވޯޑެއް ރާއްޖެއިން ކާމިޔާބުކުރި ---- ފޮޓޯ/ އެމްއެމްޕީއާރުސީ

ފަތުރުވެރިކަމުގެ ސިނާއަތުގެ "އޮސްކާ" ގެ ނަމުން މަޝްހޫރު ވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ލީޑިންގެ 10 ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓު ވެއްޖެއެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިން ކެޓަގަރީގެ އެވޯޑު ދިނުން އޮންނާނީ ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި، އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

މި އެވޯޑަށް ރާއްޖެއިން ނޮމިނޭޓުވި 10 ކެޓަގަރީ އަކީ

  • އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ކުރޫޒް ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 202
  • އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިން ޓުއަރިސްޓް ބޯޑް 2020
  • އިންޑިއަން އޯޝަންސް ލީޑިން ވެޑިންގް ޑެސްޓިނޭޝަން 2020
  • އިންޑިއަން އޯޝަންސް ލީޑިންގް އެޑްވެންޗަރ ޓޫރިޒަމް ޑެސްޓިނޭޝަން 2020

އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމުގެ އިތުރުން، ރާއްޖެއަކީ ފަތުރުވެރިންނަށް ހާއްސަ މެހެމާންދާރީއެއް އަބަދުވެސް އަދާކުރަމުންދާ ގައުމެއް ކަމަށައި މިފަދަ އެވޯޑްތައް ލިބުމަކީ ރާއްޖެއާ ދޭތެރޭ ފަތުރުވެރީންގެ މެދުގައި އޮންނަ ލޯތްބާއި މަގްބޫލުކަން އަންގުވައިދޭ ކަމެއް ކަމަށެވެ.

މި އެވޯޑު ކެޓަގަރީތަކުން ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ.

މިދިޔަ އަހަރުވެސް ރާއްޖެއިން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް ކެޓަގަރީއިން ވަނީ ފަހުރުވެރި
ކާމިޔާބީތަކެއް ހޯދާފާވެއެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން
ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއިން ހޯދިއެވެ.

1993 ވަނަ އަހަރުން ފެށިގެން ދޭންފެށި މިއެވޯޑުގެ މަގުސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް
ހާސިލްކުރާ ފަރާތްތައް ފާހަގަ ކުރުމެވެ.

އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިމަކުގެ ސިނާއަތަށް ދެވޭ އެވޯޑްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބަލައިގަންނަ އެވޯޑަށެވެ.

މި ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރު އަލުން
ހުޅުވާލާއިރު މި ފަދަ އެވޯޑްތަކެއް ލިބުމަކީ އިތުރަށް ރާއްޖެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ވެގެންދާނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ދިވެހިރާއްޖެއަށް ވޯޓު ދިނުމަށް
https://www.worldtravelawards.com/register

comment ކޮމެންޓް