ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަނީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކުރާ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ތިން އަހަރުގެ މުއްދަތަށް އެކުންފުންޏަށް ސީއީއޯއެއް ހޯދާއިރު އެންމެ ދަށްވެގެން ވަޒީފާއާ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް އޮންނަން ޖެހެއެވެ. އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސީއީއޯގެ މަގާމަށް ހަމަޖައްސާ ފަރާތަކީ އެފެންވަރުގެ މަގާމެއްގައި މަދުވެގެން ފަސް އަހަރު މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މި އަންނަ މަހުގެ 16ގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އިއުލާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް