މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

މަކުނުދޫގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރާ މީހާ ހައްޔަރު ނުކޮށްގެން އެ ރަށުގައި އިއްޔެ ކުރި މުޒާހަރާގައި ގެންގުޅުނު ޕޯސްޓަރެއް ----

ހދ. މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ، މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހަވީރު ހައެއް ޖަހާލިއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރު ނުކޮށްގެން އެ ރަށުގައި އިއްޔެ ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

comment ކޮމެންޓް