ރަންވީރާއި ކެޓްރީނާ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން!

ރަންވީރު އާއި ކެޓްރީނާ---

ކާމިޔާބު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އާ ފިލްމުގައި ކުޅަދާނަ ބަތަލު ރަންވީރު ސިންހްއާއި ކެޓްރީނާ ކައިފް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޕިންކްވިލާއިން ބުނާގޮތުގައި މި ފިލްމު ކުޅުމަށް ޒޯޔާ މިހާރު ވަނީ ދެ ތަރިންނަށްވެސް ހުށައަޅާފައެވެ. މި ފިލްމު ކުޅެން ދެތަރިން އެއްބަސްވެއްޖެނަމަ މި ފިލްމު ވެގެންދާނީ އެ ދެ މީހުން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. މި ފިލްމަކީ ގޭންގްސްޓާ ފިލްމެކެވެ.

ރަންވީރާއި ކެޓްރީނާ ވަނީ މީގެ ކުރިންވެސް ޒޯޔާ އާއެކު މަސައްކަތްކޮށްފައެވެ. އެގޮތުން ޒޯޔާގެ "ގަލީ ބޯއި" އާއި "ދިލް ދަޅަކް ނޭ ދޯ"ގައި ރަންވީރު މަސައްކަތްކުރި އިރު، ކެޓްރީނާ ކުޅުނު ފިލްމަކީ "ޒިންދަގީ ނާ މިލޭދީ ދޮބާރާ"އެވެ.

ބަތަލާ ކެޓްރީނާއާއި އެކްޓަރު ރަންވީރުގެ ޖޯޑަކީ ބެލުންތެރިންވެސް ބަލައިލަން ބޭނުންވާނެ ޖޯޑެކެވެ. ސަބަބަކީ ފިލްމީ ކެރިއަރުގައި ކެޓްރީނާ އެންމެ ވާދަވެރިކަން އޮތް ދީޕިކާ ޕަދުކޯންގެ ފިރިމީހާއަށް ރަންވީރު ވާތީއެވެ.

ކެޓްރީނާ މީގެ ކުރިން ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެކަމުގެ ސަބަބުން ދީޕިކާއާ ކެޓްރީނާގެ ދެމެދުގައި މައްސަލަތަކެއް އުފެދުނު ނަމަވެސް މިހާރު ދެ ތަރީންނަކީ ރަހުމަތްތެރީންނެވެ.

comment ކޮމެންޓް