މަޖީދީ މަގުގައި ހުރި ފިހާރައެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އަލިފާން ރޯވި، އެކްސީޑް ފިހާރަ ކައިރީ އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މަޖީދީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވުމާ ގުޅިގެން ސިފައިން ނިއްވާލައިފި އެވެ.

ސިފައިން ބުނީ މިއަދު މެންދުރު 1:00 އެހާކަން ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ މަޖިީދީ މަގު އޮލިމްޕަސް ކުރިމަތިން ހުންނަ ފިހާރަބަރިތަކުގެ ތެރެއިން އެކްސީޑް ފިހާރައިގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

މިއަދު މެންދުރު 1:30 އެހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެ އަލިފާނުގައި މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

ފުލުހުންނާއި ސިފައިން ގެންދަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް