މަހަކަށް ވުރެން ގިނަ ދުވަސް ފަހުން ނަރުދޫ އާންމު ހާލަތަށް

ނަރުދޫ ބަނދަރުގައި އަމާޒް ބޯޓު: މަހަކަށް ވުރެން ގިނަ ދުވަސް ފަހުން އެ ރަށް ވަނީ އަންމު ހާލަތަށް ގެނައިސްފައި - ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވުމުން މިދިޔަ މަހުގެ ފަހުކޮޅު މޮނިޓަރިންއަށް ގެނައި ށ. ނަރުދޫ އާންމު ހާލަތަކަށް ގެނެސްފިއެވެ.

ނަރުދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ މާލެ ލޮކްޑައުން ކުރި ދުވަހު ށ. އަތޮޅަށް ދިޔަ އަމާޒު ބޯޓުގެ ކައްޕި އެވެ.

އެ މީހާ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީ ނަރުދޫ ސިއްހީ މަރުކަޒަށެވެ. އަދި ކޮވިޑްގެ އަލާމާތްތަކެއް ފެންނާތީ ސިއްހީ މަރުކަޒުން އެދިގެން އޭނާގެ ސާމްޕަލް ނެގުނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކައްޕި ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގ އަށް ގެނައިސް ކޮންޓެކްޓް ޓްރޭސިން ހަދައި އިތުރު މީހުން ޓެސްޓް ކުރުމުން 11 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އަމާޒް ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވްވުމުން އެ ބޯޓުން ދަތުރުކުރި މީހުން ހިމެނޭ ހުރިހާ ރަށެއް މޮނިޓަރިންގ އަށް ގެނައެވެ. ނަރުދޫ މޮނިޓަރިންގ އިން ނެގުމުން އެ ބޯޓާއި ގުޅިގެން މޮނިޓާރ ކުރި ހުރިހާ ރަށެއް ވެސް މިހާރު ވަނީ އާންމު ހާލަތަށް ގެނައިސްފަ އެވެ.

comment ކޮމެންޓް