ތަހިނީސޯސް އަޅައިގެން ހުމޫސް!

އިއްޔެ ތައްޔާރުކުރި ތަހިނީ ސޯސް ކަމުދިޔަ ހެއްޔެވެ؟ ތަހިނީއަށްފަހު މިއަދު ފޮނިތޮށިއެމްވީއާއެކު ތައްޔާރުކުރަން މި އުޅެނީ ތަހިނީ ސޯސް އަޅާއިގެން ހަދާ ވަރަށް މީރު، ވަރަށް ފަސޭހަ ރެސިޕީއެކެވެ.

އައިމިނަތު ރުޚުޝާ އަހުމަދު(ތޫތަ) އަހަރެމެންނަށް މިއަދު ސަންބަދިގޭގައި ހިއްސާކޮށްލީ ފަސޭހައިން ހުމޫސް ތައްޔާރުކުރާނެގޮތެވެ.

ހުމޫސްއަކީ މެދުއިރުމަތީގެ ގައުމުތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ.

ބޭނުންވާނެތަކެތި:

  • 284 ގްރާމް ނޫނީ 1 ދަޅު ޗިކްޕީސް/ސަނާމުގު (އޯވަރނައިޓް ސޯކް ކޮށްފަ)
  • 2 ލޮނުމެދު (ތޮށި ނޮޅާފަ)
  • 2 1/2 ސައިސަމުސާ ތަހިނީ
  • 2 މޭޒުމަތީ ސަމުސާ ލިބޯ ހުތް
  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1/2 ސައިސަމުސާ މުގުރި ދިރި (ކިޔުމިން)
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް(ރަހަލާވަރަށް)
  • 4 މޭޒުަމތީ ސަމުސާ ފެން
  • 3 ހިކިމިރުސް (އޮލިވް އޮއިލްފޮދެއްގައި ހަނާކޮށްފަ ނުވަތަ ފޮޅިކޮށްފަ)

ތައްޔާރުކުރާނެގޮތް:

ހުރިހާ އިންގްރީޑީއަންޓްއެއް ފުޑް ޕްރޮސެސަރއެއްގައި މުގުރާލާށެވެ. ހީކުރިވަރަށްވުރެ ފަސޭހައިން ތިތައްޔާރުކޮށްލެވުނީ ހުމޫސްއެވެ. އިތުރަށް ރަހަ މީރުކޮށްލާ ތަފާތު ކޮށްލުމަށް، ކެއުމުގެކުރިން ކުޑަ އޮލިވްއޮއިލް ފޮދެއް އަދި ޗިލީ ފްލޭކްސްކޮޅެއް ހުމޫސްކޮޅު މައްޗަށް ބުރުވާލާށެވެ.

މިއީ މަޝްހޫރު އަރަބި ރޮއްޓެއްކަމުގައިވާ ޕީޓާ ބްރެޑް އާއިއެއްކޮށް ކާލަން ވަރަށް ކަމުދާނެ ޑިޝްއެކެވެ. ޗަޕާތީ އާއިއެއްކޮށްވެސް މިޑިޝް ނިކަން މީރުވާނެއެވެ.

comment ކޮމެންޓް