ރިސޯޓެއްގެ މޫދަށް ވެއްޓި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

ސޮނޭވާ ޖާނީ ރިސޯޓް

ރިސޯޓެއްގެ މޫދަށް ވެއްޓި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 20:30 އެހައިކަންހާއިރު ނ. ސޮނޭވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓުގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށްވެއްޓި މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް