ރޯދައާ ދިމާކޮށް ޔޫއޭއީން "10 މިލިއަން މީލްސް" ކޭމްޕޭންއެއްް

ޔޫއޭއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީން "10 މިލިއަން މީލްސް" ކެމްޕޭންއެއް ލޯންޗްކޮށްފި އެވެ.

މިއީ ކޮރޯނާއާ ގުޅިގެން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އައިލާތަކަށް ކެއުން ފޯރުކޮށްދިނުމަށް ފަށާ ކެމްޕޭންއެކެވެ.

އެ ކެމްޕޭންއަށް ވިޔަފާރިވެރިންނާއި އެހީދޭ ފަރާތްތަކާއި ކުންފުނިތަކުން ފައިސާގެ އެހީ ނޫންނަމަ ކާތަކެތި ހަދަން ބޭނުންކުރާ ތަކެތި އަދި ކާތަކެތި ހިމެނޭ ޕާރުސަލް ޑޮނޭޓް ކުރެވޭނެ އެވެ.

އެ ކެމްޕޭން ހިންގާނީ ޔޫއޭއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ގްލޯބަލް އިނީޝިއާޓިވްސް (އެމްބިއާރުޖީ)އާ އެގައުމުގެ ސޯޝަލް ސޮލިޑާރިޓީ ފަންޑް އެގެންސްޓް ކޮވިޑް-19 އާ ގުޅިގެންނެވެ

ޔޫއޭއީގެ ވެރިޔާ ޝެއިހް މުހައްމަދު ވިދާޅުވީ 10 މިލިއަން ކެއުމާއެކު ކޮވިޑްއިން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށެެވެ. އަދި އޭގެ ސަބަބުން އެއްވެސް މީހަކު ބަކީވެގެން ނުދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔޫއޭއީން މިހާތަނަށް 7265 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 40 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުން މިހާރު ވަނީ ޔޫއޭއީގެ އެންމެން ކޮރޯނާ ވައިރަސް އަށް ޓެސްޓްކުރަންވެސް ނިންމައިފި އެވެ.

comment ކޮމެންޓް