ނާސާއިން ތަމްރީނުވި ފުރަތަމަ ބުރުގާއެޅި އަންހެނަކަށް އަރަބި އަންހެނެއް

ނާސާއިން ތަމްރީނުވި ފުރަތަމަ އަރަބި އަންހެނަކީ ޔޫއޭއީގެ ނޫރާ. ފޮޓޯ/ފްރާންސް 24

އޭނާގެ ކާބަފައިން ފަދައިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އެސްޓްރޯނަޓް ނޯރާ އަލްމަތްރޫޝީ ވެސް އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ތަރިތަކަށް ބަލައިގެން ހަނދަށް ދިއުމުގެ ހުވަފެން ދެކެމުންނެވެ.

އެ ހުވަފަން ހަގީގަތަކަށްވެފައި ވަނީ މި ހަފްތާއެވެ. ނޫރާ އަކީ އޭނާ ނާސާގެ ތަމްރީނު ޕްރޮގްރާމުން ޑިގްރީ ހާސިލްކުރި ފުރަތަމަ އަރަބި އަންހެނެވެ. އަދި އޭނާ މިހާރު ހުރީ ހަނދަށް ދިއުމަށް ތައްޔާރުގައެވެ.

ތެލުގެ ސިނާއަތުގައި މަސައްކަތްކޮށް މެކޭނިކަލް އިންޖިނިއަރިންގް ރޮނގުން ތައުލީމާއި ތަމްރީން ހޯދައިފައިވާ ނޫރާ އަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއާ އެކު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް ސްޕޭސް އެޖެންސީ (ޔޫއޭއީއެސްއޭ) އިން ހޮވި ދެ އެސްޓްރޮނޯޓުގެ ތެރެއިން އެކަކެވެ.

ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހު ނޫރާއާއި އޭނާގެ އެކުވެރި މުހައްމަދު އަލްމުއްލާ އަދި އެމީހުންގެ ޓްރެއިނިން ކްލާހުގައި ތިބި 10 މީހުންނަކީ ފުރިހަމައަށް ތަމްރީނުވެފައިވާ ކޮލިފައިޑް އެސްޓްރޮނޯޓުންނެވެ.

ބުރުގާ އަޅައިގެން ނާސާގައި މަސައްކަތް ކުރުމުގެ އިންތިޒާމް ނާސާއިން ވަނީ ނޫރާއަށް ހަމަޖައްސައިދީފައި. ފޮޓޯ/ފްރާންސް 24

"ދަ ފްލައިސް" ނަން ދީފައިވާ އެ ގްރޫޕަކީ މިހާރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދިއުމުގެ ޝަރުތު ހަމަވެފައިވާ ގްރޫޕެކެވެ.

އަދި ހުރިހާ ކަމެއް ރަގަޅަށް ދާނަމަ، މާސްއަށް ދިއުމުގެ ޝަރުތުވެސް އެ ގްރޫޕަށް ހަމަވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ބުރުގާ އަޅައިގެން އުޅޭ ނޫރާ ބުނި ގޮތުގައި ނާސާގެ ރަސްމީ ޔުނީފޯމު އަޅާއިރު ބުރުގާވެސް އެޅޭނެ ގޮތަށް ނާސާއިން ވަނީ އުސޫލެއް ކަނޑައަޅައިފައެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ މުސްލިމަކަށް ވުމުން އެސްޓްރޯނަޓަކަށް ވުމަކީ މާ އުނދަގޫ ކަމެއް ކަމަކަށް. ނަމަވެސް މުސްލިމަކަށް ވުމުން އެކަން ކަމަށް އަހަރެންގެ ކާބަފައިންގެ ކޮށްދީފައިވާ ހިދުމަތްތަކާއި، ތަރިތައް ދިރާސާ ކުރަމުން ދިޔަ އަހަރެމެންގެ ކުރިން އައި މުސްލިމް އިލްމުވެރިންނާއި ސައިންސްވެރިންގެ ހިދުމަތްތައް އެގުނު." ނޫރާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް