ލޯންޗުތަކުގައި ރޯ ކޮށްލި ކަމަކަށް ނުބެލެވޭ: ކައުންސިލް

އދ. މަހިބަދޫ ފަޅުތެރޭގައި ހުރި ލޯންޗުތަކުގައި ރޯވެފައި ----

ރޭ ފަތިހު އދ. މަހިބަދޫ ބަނދުރުތެރޭގައި ހުރި ލޯންޗުތަކުގައި ބަޔަކު އަލިފާން ރޯ ކޮށްލި ކަމަށް ނުބެލެވޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، މަަހިބަދޫ ފަޅުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި ފަސް ލޯންޗަކާއި ދެ ޑިންގީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

އަލިފާން ރޯވި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީއެމްބިއުލެންސް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެޗްއެމްއެޗްގެ ދެ ލޯންޗު އަދި އަމިއްލަ މީހެއްގެ ދެ ޑިންގީ އެވެ.

އެކަމާ ގުޅިގެން މަހިބަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ 'ސަން' އަށް ވިދާޅުވީ، ލޯންޗުތަކުގައި ބަޔަކު ރޯކޮށްނުލާނެ ކަމުގެ 99 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ސަބަބަކީ އެ ރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ އެކުވެރި ބައެއް އުޅެމުންދާ ރަށަކަށް ވުމުން ކަމަށެވެ.

ލޯންޗުތަކުގައި ރޯވި އަސްލު ސަބަބު އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ރަށު ޕޮލިސް ސްޓޭޝަން ހުންނަނީ ބަނދަރާއި ކައިރި ލޯންޗުތަކުގައި ރޯވި ހިސާބުގައި ކަމަށެވެ. އެ ހިސާބުގަނޑުގައި ހުރި ފުލުހުންގެ ކެމެރާއިން ސާފުކޮށް އެ ސަރަހައްދު ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 08:05 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް