ކައިވެނީގައި ގެސްޓުން ބައިވެރިވީ ވީޑިއޯ ކޯލުން

މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމަށް ގިނަ ބަޔަކު ދަނީ ތަފާތު ކަންތައް ކުރަމުންނެވެ. ގޭގައި ތިބެގެން ގިނަ ކަންތައް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ގިނަ ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. ކޮވިޑް-19 އާ ގުޅިގެން ދެމީހެއްގެ ކައިވެނި އޮންލައިންކޮށް ބޭއްވިއިރު ގެސްޓުން ހަފްލާގައި ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެއްޖެއެވެ.

ޓެކްސަސްގެ އޯސްޓިން އަށް ނިސްބަތްވާ ޒުވާން ޖޯޑެއް ކަމަށްވާ ކެއިޓްލިން ޑިލްވޯތުއާއި އީތަން ޕޮލެކްގެ ކައިވެނީގެ ހަފްލާ ދިމާވީ ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭގައި ތިބުމަށް ބުނެފައިވާ ވަގުތެއްގައެވެ. އެހެންކަމުން ކައިވެނީގެ ހަފްލާއަށް އާއިލާއާއި އެކުވެރިންނަށް އާދެވޭ ގޮތެެއް ނުވިއެވެ.

ކައިވެނީގެ ރިސެޕްޝަން އަންނަ އަހަރަށް ފަސްކޮށްފައިވި ނަމަވެސް އީތަންއާއި ކެއިޓްލިން ކައިވެނިކޮށްފައިވަނީ އާއިލާއާއި އެކުވެރިންގެ ޝާމިލުގައެވެ.

ކައިވެނީގެ އިވެންޓުގައި އާއިލާއާއި އެކުވެރިން ބައިވެރިވަނީ ---

ދެމީހުން ކައިވެނީގެ ހުވާ ކުރިއިރު އާއިލާއާއި އެކުވެރިންގެ 200 މީހަކު ވަނީ ބައިވެރިވެފައެވެ. އެ ހުރިހާ އެންމެންވެސް ކައިވެނީގެ ހަފްލާ ބަލާފައިވަނީ ވީޑިއޯ ކޯލިން ޕްލެޓްފޯމް ކަމަށްވާ ޒޫމް މެދުވެރިކޮށެވެ.

"އަސްލު ކައިވެންޏަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ. މި ކަމަކީ ކޮންމެހެން ކައިވެނީގެ ޕާޓީއަށް ކުރާ ކަމެއް ނޫން. އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކާ އިންނަން ބޭނުންވާތީ،" ކެއިޓްލިން ބުންޏެވެ.

ކެއިޓްލިންއާއި އީތަންގެ ކައިވެނީގެ ހުވާކުރުމުގައި ބައިވެރިވުމަށް ދައުވަތު ފޮނުވީ އީމެއިލް މެދުވެރިކޮށެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ގޮތްވެސް ކިޔައިދީފައި އޮތީ އެ އީމެއިލްގައެވެ.

comment ކޮމެންޓް