ނޮވެމްބަރުގެ އާ ލަވަ "'ލަފްޒު" ހުކުރު ދުވަހު

"ނޮވެމްބަރު" ފިލްމުގެ ޕްރޮމޯޝަނަލް ފޮޓޯއެއް --- ފޮޓޯ : ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ނޮވެމްބަރު"ގެ ފުރަތަމަ ލަވަ، ހުކުރު ދުވަހު ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ޑާކްރެއިން އިން ބުނެފައި ވަނީ މި ހުކުރު ދުވަހު ނެރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރުގެ ލަވައެއް ކަމަށްވާ "ލަފްޒު" އެވެ.

ލަވަ ލިޔެ އަދި ކިޔުމުގެ އިތުރުން އެ ލަވައިގެ މެލޮޑީ ތައްޔާރުކޮށްފައި ވަނީ މުހައްމަދު ޝައްމޫން އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ހުސައިން ތައުފީގް އެވެ.

އެ ލަވަ ރިލީޒުކުރުމަށް ހަމަޖެހިފައި ވަނީ ސައުންޑްކްލައުޑް އަށެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ ޖުލައި ހަވަނަ ދުވަހު އެވެ. އެ ފިލްމުގެ ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގަ އެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

comment ކޮމެންޓް