އީސީއަށް ހަތަރު ނަމެއް، ކުރީގައި އަކުރަމްގެ ނަން

އިލެކްޝަން ކޮމިޝަންގެ ނައިބު އަދި ތަރުޖަމާނު އަކުރަމް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިލްކެޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހަތަރު ނަމެއް ފޮނުއްވައިފި އެވެ.

އީސީގެ ނައިބު ރައީސްއަކަށް ހުންނެވި، އަހުމަދު އަކުރަމްގެ ދައުރު ހަމަވާތީ، އީސީގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ، މިދިޔަ ޖެނުއަރީ 20 އިން މާޗް 23ގެ ނިޔަލަށެވެ.

އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން، ރައީސް ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ އީސީގެ މިހާރުގެ ނައިބު އަކުރަމްގެ ނަންފުޅެވެ. ދެން އެ ލިސްޓްގައި ހިމެނެނީ، އީސީގެ މެންބަރުކަން މީގެ ކުރިން ކުރެއްވި އަހުމަދު ފަޔާޒު އާއި އީސީގެ ލޯޔަރެއްގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަނީފާ ހާލިދު އަދި އަހުމަދު މަންސޫރުގެ ނަންފުޅެވެ.

އެ ނަންތަކުގެ ތެރެއިން މަޖިލީހުގެ ދިރާސާކޮށް ކޮންމެވެސް އެއް ނަމަކަށް ރުހުން ދޭނެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރައީސް ފޮނުއްވި ހަތަރު ނަންފުޅު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ކޮމިޓީއިން އެ ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރާނެ އެވެ. އަދި އެއަށް ފަހު ތަޅުމަށް ފޮނުވާނެ ނަންތަކަކާ މެދު ކޮމިޓީގައި ވޯޓަށް އަހާނެ އެވެ.

comment ކޮމެންޓް

comment ޢަހު

5 year 2 month ago

ރިޔާސީ އިންތިޚާބްގެ ވޯޓް ކަހްވާލީ އެހެންވީމަ އިބުއައް ފައިފާ ކުރާނީ ވަގު ވޯޓް ހޯދާދޭ މީހާ

comment ށޭ

5 year 2 month ago

މި އަހަރުގެ ޖަނަވަރީ 20 އިން މާރިޗް 23 އަށް މުއްދަތު ހަމަވާއިރު މިއަދަކީ މާރިޗް 2 އަދިބާކީ 21 ދުވަސް ކުރިޔަށް އޮއްވައި މިހާ އަވަހަށް ނަންފުޅުތައް ފޮނުވީތޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟