"އަނދިރިކަން"ގެ ދެވަނަ ޓްރެއިލާ އެއް

ފިލްމުގެ ޕޯސްޓަރެއް--

ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ފޭސްބުކްގައި ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު އެ ޓްރެއިލާއަށް އަންނަނީ ވަރަށް ރަނގަޅު ކޮމެންޓްސް ލިބެމުންނެވެ. ފިލްމު ބެލުމަށް ބެލުންތެރިން ކެތްމަދުވެފައިވާ ކަން ކޮމެންޓްސްތަކުން އެނގެ އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ އާމިނަތު ރިޝްފާ އަދި ޝީލާ ނަޖީބެވެ. ފިލްމުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. އޮލިމްޕަސް ކައުންޓަރުން ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މެންދުރު ފަހު 2:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

comment ކޮމެންޓް