"އަނދިރިކަން"ގެ ޓިކެޓް ވިއްކަން ފަށައިފި

އަނދިރިކަން ގެ ޕޯސްޓަރެއް---

މަގްބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި ފިލްމުގެ ޓިކެޓް ވިއްކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. އޮލިމްޕަސް ކައުންޓަރުން ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މެންދުރު ފަހު 14:00 އިން 18:00 އަށެވެ.

އެ ފިލްމުގެ ޓިކެޓް ރޭގަނޑުވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 20:00 އިން 22:00 އަށެވެ. އަދި ހުކުރު ދުވަހު ފިލްމުގެ ޓިކެޓް ލިބެން ހުންނާނީ މެންދުރު 14:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށެވެ.

މާޗު މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ކާމިޔާބު ތަރި ޝީލާ ނަޖީބާއި އާމިނަތު ރިޝްފާއެވެ.

އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެން ދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭއެކެވެ. މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

comment ކޮމެންޓް