ކައިތީގެ ހިންދީ ރީމޭކަށް ރިތިކް

ރިތިކް ރޯޝަން---

ދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރީމޭކެއް ހެދުމަށް ތައްޔާރުވަމުން އެބަދެއެވެ.

އެ ފިލްމުގެ ހިންދީ ރީމޭކުން ބޮލީވުޑްގެ ބަތަލު ރިތިކް ރޯޝަން ފެންނާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ހަބަރުތައް ބުނާގޮތުގައި ސްކްރިޕްޓް ކިޔުމަށް މިހާރު ރިތިކް އަށް ހަވާލުކޮށްފައިވާއިރު އެ ސްކްރިޕްޓް އާ މެދު އޭނާ ވަރަށް ހިތްހަމަޖެހެއެވެ. އަދި އެ ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ލޮކޭޝް ގަނަގަރާޖް ޑައިރެކްޓްކުރި އެ ފިލްމަކީ އެކްޝަން ތްރިލާއެކެވެ. މި ފިލްމަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ހިންދީ ރީމޭކް ގެނެސްދޭނީ ރިލައިންސް އެންޓަޓައިންމަންޓާއި ޑްރީމް ވޮރިއާޒް ޕިކްޗާޒް ގުޅިގެންނެވެ.

ރިތިކް މި ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނެ ކަމަށް ބޮޑަށް ބެލެވޭއިރު ބައެއް ހަބަރުތައް ބުނާގޮތުގައި މި ފިލްމުން ފެނިގެންދާނީ ރަންވީރު ސިންހް އެވެ.

comment ކޮމެންޓް