ރާނީގެ ފުރަތަމަ މެއިލް ފޮނުއްވުމަށް އެހީތެރިވި މީހާ މަރުވެއްޖެ

ރާނީ އަށް ފުރަތަމަ މެއިލް ފޮނުއްވުމަށް އެހީތެރިކަން ފޯރުކޮށްދިން ޕީޓާ ކާރސްޓީން --- ފޮޓޯ : ބީބީސީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު (ދެވަނަ)ގެ ފުރަތަމަ އީމެއިލް ފޮނުއްވެވުމަށް 1976 ވަނަ އަހަރުގައި އެހީތެރިވި ކޮމްޕިއުޓާ ސައިންޓިސްޓު ޕީޓާ ކާރސްޓީން މަރުވެއްޖެ އެވެ.

"ޔޫރަޕު އިންޓަނެޓުގެ ބައްޕަ"ގެ ނަމުން މަޝްހޫރުވެފައިވާ ކާރސްޓީން މަރުވިއިރު އޭނާގެ އުމުރަކީ 86 އެކެވެ. އޭނާ މަރުވެފައި ވަނީ ސިކުނޑީގެ ޓިއުމަރެއްގެ ސަބަބުން ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

އޭނާ އަކީ އިންޓަނެޓް ޕްރޮޓޮކޯލް އުފެެއްދުމުގައި އިސް ރޯލެއް އަދާކޮށްފައިވާ ސައިންޓިސްޓެކެވެ. އިންޓަނެޓް ޕްރޮޓޮކޯލް އަކީ ކޮމްޕިއުޓާ ނެޓްވޯކްތައް ހިއްސާކޮށް ފަސޭހަ ކަމާއެކު ގެންގުޅުމަށް ތައްޔާރުކުރި ހިދުމަތެކެވެ.

ރާނީ އެލިޒަބެތުގެ ފުރަތަމަ އޮފިޝަލް އީމެއިލް އެކައުންޓް އުފެއްދުމަށް ވެސް ކާރސްޓީން އެހީތެރިވި އެވެ. އަދި އެކަމަނާގެ ފުރަތަމަ އީމެއިލް ފޮނުއްވުމުގައި ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އޭނާ ކިޔައިދީފައިވެ އެވެ.

ރާނީއަށް އުފައްދައިދެއްވާފައި ވަނީ "އެޗްއެމްއީ2" ނަމަކަށް ކިޔާ އެކައުންޓެކެވެ. އެއީ "ހާ މެޖެސްޓީ އެލިޒަބެތު 2" އެވެ.

comment ކޮމެންޓް