ނިއުމާގެ "ކަޅަކި"ގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފި

ފިލްމުގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދާއި އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ އެ ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ނިއުމާ ބުނީ ފިލްމު މި އަހަރުތެރޭ ސްކްރީން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮލިމްޕަސް ލިބެން ހުރި ރަނގަޅު ތާރީހްތައް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން އާ ތަރިން ކަމަށްވާ ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ.

މި ފިލްމަކީ ނިއުމާ ސްކްރީނުން ފެނިގެންދިޔަ އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި"އަށް ފަހު އޭނާގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް