އެސް10 ސީރީޒްގެ އަގުހެޔޮ ފޯނުތަކެއް ނެރެނީ

ސެމްސަންގް އެސް10 ލައިޓް -- ފޮޓޯ: ސެމްސަންގް

ސެމްސަންގުގެ ފްލެގްޝިޕް ފޯނު ރޭންޖު ގެލެކްސީ އެސްގެ އެންމެ ފަހުން ނެރެނު އެސް10 އަދި ނޯޓު 10 ސީރީޒްގެ އަގުހެޔޮ ފޯނުތަކެއް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

ނޯޓް10 އަދި އެސް10 ގެ ބަޖެޓް ފޯނުތަކެއް ނެރެން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް ސެމްސަންގުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އެކުންފުނިން މިދިޔަ އަހަރު ނެރުނު މި ވަރުގަދަަަ ފޯނުތަައް މިޑްލް މާކެޓަށް އަމާޒުކޮށްގެން ނެރޭއިރު، ފޯނުތައް އަގު ހެޔޮ ކުރާނީ ކިހާ ވަރަކަށް ކަމެއްވެސް ސެމްސަންގުން ހާމަކޮށްފައެއް ނުވެ އެވެ.

ގެލެކްސީ އެސް10 ލައިޓުގައި ސްނެޕްޑްރެގަން 855 ޕްރޮސެސާއެއް ހިމެނާފައިވާއިރު ނޯޓް10 ލައިޓް ގައި ހިމަނާފައި ވަނީ ސެމްސަންގުގެ އިންހައުސް އެކްސިނޯސް 8895 ޗިޕްސެޓެކެވެ.

އެސް10 އަދި ނޯޓް 10 ލައިޓުގައި ވެސް ޓްރިޕްލް ކެމެރާ ހިމަނާފައިވާ އިރު ދެ މޮޑެލްގައި ވެސް ހިމަނާފައި ވަނީ 6.7 އިންޗީގެ އެމޮލެޑް ޑިސްޕްލޭ އެވެ.

އެސް10 ލައިޓުގައި ހިމަނާފައި ވަނީ ފަސް މެގަޕިކްސެލްގެ f/2.4 މެކްރޯ ލެންސަކާއި 48 މެގަޕިކްސެލްގެ F2.0 ވައިޑް އެންގަލް ލެންސެއްގެ އިތުރުން 12 މެގަޕިކްސެލްގެ f/2.2 އަލްޓްރާ ވައިޑް 123 ޑިގްރީ އެންގަލް ލެންސެކެވެ.

ނޯޓް 10ލައިޓް ގައި 12 މެގަޕިކްސެލްގެ f/2.2 އަލްޓްރާ ވައިޑް ކެމެރާ އަކާއި 12 މެގަޕިކްސެލްގެ f/1.7 ވައިޑް އެންގަލް ލެންސެއް ޑުއަލް ޕިކްސެލް ޓެކްނޮލަޖީ އާއެކު ހިމަނާފައިވާ އިރު އެ ފޯނުގައި 12 މެގަޕިކްސެލްގެ f/2.4 ޓެލެފޮޓޯ ލެންސެއް ވެސް ހިމަނާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ނޯޓު ފޯނުތަކާއެކު ބޭނުންކުރާ އެސް ޕެން، ނޯޓް 10 ލައިޓުގައި ހިމަނާފައެއް ނުވެ އެވެ.

މި ފޯނުތައް ބާޒާރަށް ނެރޭނެ ދުވަހެއް އަދި ވިއްކާނެ މާކެޓުތަކެއް ވެސް އިއުލާނު ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް