ނިމިގެން މިދިޔަ އަހަރަކީ ހަމަގައިމުވެސް ދިވެހި ފިލްމު އިންޑަސްޓްރީ ވަރަށް ކުރިއަށް ޖެހިލި އަހަރެކެވެ. ތަފާތު ގިނަ ފިލްމުތަކެއް ސިނަމާތަކުގައި އެޅުވިއިރު އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ ފިލްމުތަކެކެވެ.

މި ލިސްޓުގައި ހިމަނާލާނީ ނިމިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު ފަސް ފިލްމަށެވެ.
1- މާމުއި
މިހާތަނަށް ބެލުނު އެންމެ ވަރުގަދަ ކޮމެޑީ ކަމަށް ބެލުންތެރިން އިއްތިފާގުވާ "މާމުއި" އަކީ ޑާކްރެއިން އެންޓަޓެއިންމަންޓުން ނިމިދިޔަ އަހަރު ގެނެސްދިން ދެވަނަ ފިލްމެވެ. މާމުއި ވެގެން މިދިޔައީ ދިވެހި ސިނަމާއިން މިހާތަނަށް ނުބަލާ ވަރުގަދަ މަޖާ ކޮމެޑީ ފިލްމަކަށެވެ. ފިލްމު ބަލަމުންދާ ވަގުތު ހީ ހީ ހަލާކުވެއެވެ. ބޮޑު ކާސްޓެއް އުޅޭ އެ ފިލްމުގެ އެންމެ ކެރެކްޓާ އެއް ވެސް ބޭކާރެއް ނޫނެވެ. ކޮންމެ ކެރެކްޓާ އެއް އެ ކެރެކްޓާގެ ޒާތުގައި ފިލްމަށް ވަރަށް މުހިއްމެވެ. މިއީ ހަމަ ބޮކްސް އޮފީހުގެ އެއްވަނަ އެވެ. ބެލުންތެރިންގެ ކޮމަންޓްތަކުގެ އިތުރުން "ސަން" އިން ގެނެސްދިން ދިވެހި ފިލްމުތަކާ ގުޅޭ ހަބަރުތަކުގައި އެންމެ ޕޮސިޓިވް ކޮމެންޓް ވެސް އައީ މި ފިލްމަށެވެ.
2- ގޮށްރާޅު
ގޮށްރާޅަކީ ވެސް ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމެކެވެ. މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން އެ ފިލްމަކީ ސަސްޕެންސް ތްރިލާއެކެވެ. މި ފިލްމާ މެދު ބެލުންތެރިން ބުނީ މިއީ ނުބަލާ ދޫކޮށްނުލެވޭ ވަރުގެ ފިލްމެއް ކަމަށެވެ. މި ފިލްމަކީ "މާސްޓާޕީސް"އެއް ކަމަށް ފިލްމު ބަލަން ދިޔަ އެންމެން އިއްތިފާގުވެއެވެ.
3- ބަވަތި
މުޅި ފިލްމީ ދާއިރާއަށް އަލަށް ފެޅި ކުރި އެއްކަމަށްވާ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" އަކީ ނިމިގެން ދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. އާންމުންގެ އުންމީދަށް ވާސިލްވި އެ ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެކެވެ. ފިލްމު އަތުރާލާފައިވާ ގޮތް ވެސް ވަރަށް ކަމުދެއެވެ. އާސިމް އަލީ އަދި އަހްމަދު ވަހީދު ޕްރޮޑިއުސްކޮށް އުފައްދާފައިވާ އެ ފިލްމު ޑައިރެކްޓްކުރީ އިލްޔާސް ވަހީދެވެ.
4- 40 ޕްލަސް
ފިލްމު ފެށިގެން ނިމުނު އިރު ވެސް އޮލިމްޕަހުން ބެލުންތެރިންގެ އަޑު ނުކެނޑެއެވެ. މުޅިން ވެސް ހޭ އަޑެވެ. ފިލްމުގައި ދައްކުވައިދޭ މަޖާ މަންޒަރުތަކަކީ ނުހީ އިނދެވޭ ވަރަށް ވުރެ ވެސް މަޖާ މަންޒަރުތަކެކެވެ. ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
5- ނިވައިރޯޅި
މޫމިން ފުއާދުގެ ފިލްމުތަކާ މެދު ސުވާލު އުފައްދާނެ ޖާގަ އެއް ނެތެވެ. ނިއުމާ މުހައްމަދު އާއި ޔޫސުފް ޝަފީއު ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. . ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން އައި ކާމިޔާބު ބަތަލާ ނިއުމާ ސްކްރީނުން ފެނިގެންދިޔަ އެންމެ ފަހު ފިލްމު ނިވައިރޯޅިގެ ކެރެކްޓާތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔައީ ހާޑީ ކެރެކްޓާއެވެ.
comment ސީމާ
5 year 3 month ago
މި ލިސްޓާ މެދު އަހަރެން އެއްޗެކޭ ބުނާކަށް ނެތިން. ވަރަށް ފުރިހަމަކޮށް ގެނެސްދީފައި މިހުރީ... ލިޔުންތެރިޔާ އަށް ސާބަސް.
comment އަލީ ޚަލީީލު
5 year 3 month ago
މީ ކިހިނެއްކޮށްފައިވާ ދިރާސާ އެއްބާ. ކާމިޔާބު ތިމާނަ ކުރަނީ، ކުރެވުނު ވިޔަފާރިއަށްތޯ ނޫނީ ބެލި އޯޑިއަންސްތޯ، ދެގޮތުން ބެލިޔަސް މިލިސްޓް ގޯސް. މިފަދަ ލިޔުން ލިޔަންވާނީ ދިރާސާކޯށްފއަިފި ދެއްތޯ. މިސާލަކަަށް 01 ކަކަށް އަރަާފާނެ މާމުއި، ނުވަތަ ފޯޓޯ ޕްލަސް، 02 ގައި އިންނާނީ ދަޢުވަތު، 03 ގައި ގޮށްރާޅު 04 ގައި ބަވަތި 05 ގައި ނިވައިރޯޅި ނުވަތަ ނަފުރަތުވުމުން ހިމެނިދާނެ. މީ މިކަން ވާނެގޮތް. ވިޔަފާރި އަށް ބެލިޔަސް، އަދި ކާމިޔާބު ކަމަށް ބެލިޔަސް. ޝުކުރިއްޔާ