ބުރައްމަސްތުރާ 2 ގައި ދީޕިކާ އާ ރަންވީރު

ބުރައްމަސްތުރާ ދޭއްގައި ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ދެވަނަ ބައި ކުޅުމަށް މިހާރު އެދެތަރިންނަށް ހުށައަޅާފައިވާ ކަމަށެވެ. މި ފިލްމުގެ ތިން ބައެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެ ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރު ސްކްރީން ކުރާނެއެވެ.

ޑައިރެކްޓަރު އަޔާން މުކަރްޖީ ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ އެ ފިލްމުގެ ދެވަނަ ބައިން ދީޕިކާ އާ ރަންވީރު ފެނިގެންދާނެ ކަމަަށް ހަބަރުތައް ފެތުރު ނަމަވެސް އެކަމާ ގުޅޭ ގޮތުން ޑައިރެކްޓަރު އަދި ވާހަކައެއް ނުދައްކައެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދާނީ އާލިއާ ބަޓް އާ ރަންބީރު ކަޕޫރެވެ. ބުރަހްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރީންނެވެ. ފިލްމުގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ފެންނާނެއެވެ.

comment ކޮމެންޓް