މަޖިލީހުން ސާއިދުގެ ކާމިޔާބީ ފާހަގަކޮށްފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސާއިދުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭނަގެ ފޮޓޯއެއް ދައްކަނީ ---

ނޭޕާލުގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ކާމިޔާބީ ރައްޔިތުންގެ މަޖިލީހުން ފާހަގަކޮށްފި އެވެ.

މަޖިލީހުގައި ތަޅުމުގައި ހުރި ޓްވީ ސްކްރީން ތަކުން ސާއިދުގެ ފޮޓޯއެއް ދެއްކުމަށްފަހު ރިޔާސަތުގައި އިންނެވި ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފެނިވަޑައިއެ ގަންނަވަނީ މުޅި ދެކުނު އޭޝިޔާގައި ހުރި އެންމެ ބާރަށް ދުވާ މީހާ ކަމަށެވެ.

"އެންމެ ގަދަ މީހާ. މިއަށްވުރެން ވަކި ބާރު އެހެން މީހެއް. ފާސްޓަސްޓް މޭން މިއީ ސައުތު އޭޝިޔާގައި ހުރި،" ނަޝީދު އެހެން ވިދާޅުވުމުން މަޖިލީހުގެ މެންބަރުން ވަނީ އަތްތިލަބަޑީހެ ހޫނު ތަރުހީބެއް ދީފަ އެވެ.

ސާއިދުގެ ކާމިޔާބީ ފާހަގަކޮށް ރައީސް ނަޝީދު ވަނީ އޭނާ ރޭހަށް ތައްޔާރު ކޮށްދިން ހުރިހާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުޅިވަރާއި ބެހޭ އިދާރާތަކަށް ވެސް ޝުކުރު ދަންނަވާފަ އެވެ.

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން އެންމެ ފުރަތަމަ ނިންމައި، ސާއިދުއަށް ރަން މެޑަލް ލިބުނު އިރު މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.

އިއްޔެ އޮތް 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުން އެއްވަނަ ހޯދައި ސާއިދު ވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔަށް ވެފައެވެ.

ސާއިދަކީ ރާއްޖޭގެ އެތުލެޓިކްސްއަށް ބައިނައަލްއަގުވާމީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިދިން ފަރާތެވެ. އެއީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ހޯދައިދިން ރަން މެޑަލެކެވެ.

comment ކޮމެންޓް