"މާޔޫސް" މިހާރު ބައިސްކޯފްގައި

މާޔޫސްގެ ޕޯސްޓަރެއް---

ސާކް ފިލްމު ފެސްޓިވަލުން 2014ގައި ބްރޯންޒް މެޑެލް ހޯދި "އިނގިލި" އަށް ފަހު، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، އޭނާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމު "މާޔޫސް" ރިލީޒްނުކުރެވި ހަތަރު ވަރަކަށް އަހަރު މަޑުޖެހިފައި އޮތެވެ.

ބައިސްކޯފު އެޕްލިކޭޝަނަށް އެއް އަހަރު ފުރޭ މުނާސަބާތާ ގުޅިގެން އެ ފިލްމު ވަނީ މިހާރު ބައިސްކޯފުން ދައްކަން ފަށާފައެވެ. އެޕިސޯޑް ކޮށް އެ ފިލްމު ގެނެސްދޭ އިރު މިހާރު ވަނީ އެ ފިލްމުގެ ދެ އެޕިސޯޑެއް ގެނެސްދީފައެވެ.

"މާޔޫސް" އަކީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާ އެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ފެންނަ އިރު، ދެން ފެންނާނީ އިސްމާއީލް ރަޝީދު(ކޮޕީ އިއްސެ)ގެ އިތުރުން ޖުމައްޔިލް ނިމާލެވެ.

ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް އެ ފިލްމަކަށް ހަރަދުކޮށްގެން އުފެއްދި "މާޔޫސް" ޑައިރެކްޓްކޮށްފައި ވަނީ ގިނަ ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ އަޖުނާޒު އަލީ އެވެ. މޫމިން ފިއާދު ކެމެރާ ކޮށްދީފައިވާ އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.

comment ކޮމެންޓް