އެކްޓަރު ޔަޝް އަށް ދެވަނަ ދަރިއަކު ލިބިއްޖެ

ޔަޝް އާއި އޭނާގެ ފުރަތަމަ ދަރިފުޅު---

ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު (ޔަޝް) އަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

ކުރީގެ އެކްޓަރެސް ރާދިކާ ޕަންޑިތު އާ ކައިވެނިކޮށް އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވިހެއީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. ފުރަތަމަ ދަރިފުޅަށް އަހަރު ނުވަނީސް އެމަފިރިން މިވަނީ އެހެން ދަރިއަކު ހޯދައިފަ އެވެ.

ރާދިކާ ވިހެއުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން އެކަމާ އުފާފާޅުކޮށް އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ޔަޝް ވަނީ ދެވަނަ ދަރިއަކު ލިބުނުކަން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހާމަކޮށްފަ އެވެ.

އަދި ލިބުނީ ފިރިހެން ކުއްޖެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ޔަޝް އާއި ރާދިކާ އާ ކައިވެނިކޮށްފައި 2016 ވަނަ އަހަރެވެ. އެއީ ހަ އަހަރު ދުވަހު ލޯބީގެ ގޮތުން އުޅެފަ އެވެ.

comment ކޮމެންޓް