ބްލަންކްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި މިރޭ ހުޅުވި ބްލަންކް ބައި ވެލިގާ ހާޑްވެއާ ފިހާރަ --- ސަން ފޮޓޯ

ވެލިގާ ހާޑްވެއާގެ ބްލަންކް ބައި ވެލިގާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ވީއަރްއެޗްގެ ޗެއާމަން ޗަނީދާގެ އިތުރުން މެޑްކާ ސެނިޓްރީގެ ސީއީއޯ ލެންސަންގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލިގާގެ ޑިރެކްޓަރު ހަދީޖާ މުހައްމަދު ވިދާޅުވީ ބްލަންކްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ.

ހުޅުމާލެއަކީ ބާރަށް ތަރައްގީވަމުން އަންނަ ރަށެއް ކަމަށާއި ގިނަ އަދަދެއްގެ ގެސްޓުހައުސްތައް ހިންގާ ހުޅުމާލޭގެ ގެސްޓުހައުސްތަކަށް ބޭނުންވާ ހޮޓެލްވެއާސް ބްލަންކް ފިހާރައިން ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ބްލަންކް ބައި ވެލިގާ ހާޑްވެއާ ފިހާރަ --- ސަން ފޮޓޯ

"މިއީ ހޮޓެލް އަދި ހައުސިންއަށް އޮތް ޓޯޓަލް ސޮލިއުޝަނެއް. ކުދި ގެސްޓުހައުސްތަކުން ފެށިގެން ބޮޑެތި ރިސޯޓުތަކަށް ބޭނުންވާ ސަމާނު ލިބޭނެ" ހުޅުމާލެ ނިރޮޅުމަގުގައި ހުޅުވި ފިހާރަ އާ ގުޅޭގޮތުން ކުންފުނީގެ ޑިރެކްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ބްލަންކް ބައި ވެލިގާ ހާޑްވެއާ ފިހާރަ --- ސަން ފޮޓޯ

ބްލަންކްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ މިދިޔަ އަހަރުއެވެ. ފަހާނާގެ ފިކްސްޗާސް އަދި ފިޓިންގްސް އިތުރުން ހޮޓެލް ތަކަށް ބޭނުންވާ ޓޮއިލެޓްރީސްއާއި ޓަވަލްސް ފަދަ ސާމަނު ވިއްކާ ބްލަންކުން އަންނަ އަހަރު ލައިޓިންއަށް ހާއްސަ ފިހާރައެއް ހުޅުވާނެއެވެ.

comment ކޮމެންޓް