ސީޒަންގެ "އަނދިރިކަން" ޓިކެޓް މި ހަފްތާގައި ވިއްކަން ފަށަނީ

ފިލްމުގެ ޕޯސްޓަރެއް--

ދެ ބަޔަކަށް ބަހަލައިގެން ޝޫޓްކުރުމަށް ހަމަޖެހިފައިވާ އާއިލީ ލޯބީގެ ފިލްމު "އަނދިރިކަން"ގެ ޓިކެޓް މި ހަފްތާތެރޭ ވިއްކަން ފެށޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

ސީޒަން ބުނީ ދެ ދުވަހެއްތެރޭ ފިލްމުގެ ޓިކެޓް ވިއްކަން ފެށޭނެ ކަމަށެވެ. މި މަހު 22 ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރާއިރު "އަނދިރިކަން"ގެ 10 ޝޯ އެއް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

"އަނދިރިކަން" އަކީ މި އަހަރު ސިނަމާ އަށް އަންނަ 10 ވަނަ ފިލްމެވެ. މަގްބޫލު ފިލްމީ ތަރި އަލީ ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ)ގެ އެ ފިލްމުގެ ފިރިހެން ލީޑު ތަރިއަކީ ސީޒަނެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ ޝަކީލާ، ޒީނަތު އަދި ސައީދެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ.

comment ކޮމެންޓް