މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، މަޖީދިއްޔާ ސްކޫލުގެ ކިޔެވުން ބަންދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ސްކޫލުގެ ދަރިވަރުންނަށް ދުމުގެ އަސަރުކޮށް އުނދަގޫވާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްކޫލުގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރޭ އެޑިއުކޭޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ އަލިފާން ރޯވި ސަރަހައްދު މޮނީޓަރުކޮށްފައިވާކަމަށާއި ސްކޫލުތަކުގެ ކިޔެވުން ފެށޭނެކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅެމުންދިޔަ ހުރިހާ ދަރިވަރުންނަށް ކުލަހެދުމުގައި ސްކޫލަށް ދާންޖެހުނު ކަމުގައިވީނަމަވެސް އެކުދިންނަށް ސްކޫލަށް ދިއުމުން ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވަކަމަށްވެސް އެޑިއުކޭޝަނުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
އެ ހާދިސާގައި ހަ އިމާރާތުގައި އަލިފާން ރޯވެ އެކަކު ވަނީ ނިޔާވެސްވެފަ އެވެ.