ޒޭންގެ ފޮޓޯއެއް ބޭނުންކޮށްގެން ޖީޖީ، 150،000 ޑޮލަރުން ޖޫރިމަނާ!

ޒޭން މަލިކް އާއި ޖީޖީ ހަދީދު --- ފޮޓޯ : މެޝެބަލް

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ބޭނުންކުރުމުގެ ސަބަބުން މޮޑެލް ޖީޖީ ހަދީދު 150،000 ޑޮލަރުން ޖޫރިމަނާކުރުމަށް އެދިއްޖެ އެވެ.

ޖީޖީގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯއެއް އިންސްޓަގްރާމުގައި ބޭނުންކޮށްގެން ޖޫރިމަނާކުރުމަށް ހުށަހަޅާފައި ވަނީ އެހެން މީހެއްގެ ފޮޓޯއެއް ބޭނުންކުރުމުންނެވެ.

ޖީޖީގެ ފަރާތުން މާލީ ބަދަލެއް ހޯދުމަށް ކޯޓަށް ހުށަހަޅާފައި ވަނީ ރޮބާޓް އޮ ނީއަލް ނަމަކަށް ކިޔާ ފޮޓޯގްރާފަރެކެވެ.

އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކޮޕީރައިޓް ކޮށްފައިވާ ފޮޓޯއެއް، ޖީޖީ ބޭނުންކޮށްފައި ވަނީ އޭނާގެ އަމިއްލަ ބޭނުމަށް ކަމަށާއި އެ ފޮޓޯ ބޭނުންކުރި އިރު އެ ފޮޓޯ ނެގި ފަރާތަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ޖީޖީއަށް އެ ފޮޓޯ އެއްވެސް ގޮތެއްގައި ބޭނުންކުރުމުގެ ލައިސަންސް ދީފައި ނުވާނެ ކަމަށް އެ މައްސަލާގައި ހާމަކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޖީޖީގެ ފަރާތުން އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެ އެވެ. އެފަދަ މައްސަލައެއް ޖީޖީއަށް ދިމާވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ޒޭން އާއި ޖީޖީ ދެ އަހަރު އެކީގައި ގުޅިގެން އުޅުމަށް ފަހު އެންމެފަހުން ވަކިވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އޭގެ ކުރީން ވެސް ދެމީހުންނަކީ އެކީގައި ގުޅިގެން އުޅެ އެކި ފަހަރުގެ މަތިން ރުޅިވެފައިވާ ދެ ފަންނާނުންނެވެ.

comment ކޮމެންޓް