މެންބަރުން ބޭނުމީ ދީދީ ވަކިކޮށް، ފަނޑިޔާރުންނަށް ފިލާވަޅެއް ދޭން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަކީ، ޝަރުއީ ދާއިރާ އިސްލާހު ކުުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ދީދީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ސާބިތުވެފައިވާތީވެ، އޭނާ ވަކިކުރަން ނިންމައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ އިއްޔެވެ. އަދި ޖޭއެސްސީގެ ނިންމުމަކީ ރަނގަޅު ނިންމެއް ކަމަށް ނިންމައި، ރޭ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެނާ ވަކިކުރުމަށް ނިންމާފަ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތުޅާއިދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް ގަބޫލުކުރެވިފައި އޮތީ ފަނޑީޔާރުންނަކީ، އެ މީހުން ކުރެވޭ ކުށްތަކަށް އަދަބު ދެވޭނެ ބަޔެއް ނޫން ކަމަށް ގަބޫލު ކުރެވިފައިވާ ކަމަށެވެ. އަދި ހުދު ފަނޑިޔާރުންވެސް އަމަލުތައް ބަހައްޓަމުން ދަނީ، އެ މީހުންނަކީ ޖަވާބުދާރީ ވާން ނުޖެހޭ ބަޔެއް ކަމަށް ހީކޮށް ކަމަށް ހިސާން ވިދާޅުވި އެވެ.

"ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުުރުމަށް މުހިންމު ފިޔަވަޅެއް އެޅޭ ދުވަސް މިއަދު މީ،"ހިސާން ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ، ހިސާން ވިދާޅުވީ، ފަނޑިޔާރުންނާ މެދު އުފުލޭ ޝަކުވާތައް ބެލޭނެ މުއަސަސާއިން އެ މައްސަލަތައް ބަލައި ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅިގެން ދިޔުމަކީ، ޝަރުއީ ދާއިރާ އިސްލާހުކޮށް، އެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ފާހަގަ ކުރެއްވި ގޮތުން މިއަދަކީ ޖުޑިޝަރީއާ މެދު ރައްޔިތުން ކުރަމުން އައި ޝަކުވާއަށް ފަރުވާ ލިބެން ފެށި ދުވަސް ކަމަށެވެ.

"ކޮރަޕްޓް ޖަޖެއް ވަކިކުރުމުގެ މައްސަލަ މި މަޖިލީހުގެ ތަޅުމަށް އައިސް އެކަމަށް ގޮތެއް ނިމިގެންދާ މި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވޭނެ ދުވަހެއް." މެމްބަރު ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އޭނާ ޔަގީން ކުރާ ގޮތުން މިއަދުގެ ވޯޓުގައި މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަކި ކުރެވިގެން ދާނެ ކަމަށެވެ. އަދި މިއަދަށް ފަހު އަބްދުﷲ ދީދީގެ ނަމުގެ ކުރިއަށް ފަނޑިޔާރު ނުކިޔޭނެ ކަމަށް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ތައްޔާރުކޮށްފައި އޮތް ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް ބަލާލުމުން އަމިއްލަޔަށް ލަދު ގަންނަން ޖެހޭ ޒާތުގެ އެތަށް ބައިވަރު ޓެކްސްޓް މެސެޖްތަކެެއް ފެނުނު ކަމަށެވެ.

އަލީ ހުސައިން އެ ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީގެ ފޯނުން ސަސްޕެންކްޓް އެކަކަށް ފޮނުވާފައިވާ މެސެޖްތަކުގެ ވާހަކަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން --- ފޮޓޯ/ މަޖިލިސް

"ފަނޑިޔާރަކު އޭރުގެ ސަރުކާރުގައި ހުރި މީހަކަށް ފޮނުވާފައި ހުރި މެެސެޖްތަކެއް ފެނުނީމާ އެ މިންވަރަށް އެ ދަރަޖައަށް ފަނޑިޔާރުންގެ ކަންކަން ގޮސްފައި ވުމަކީ އަޅުގަނޑުމެން އެކަމާ މެދު ވަކީލެއްގެ ހައިސިއްޔަތުންވެސް ލަދުގަންނަ ކަމެއް." މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ މިއަދު މަޖިލީހުން ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަން ނިންމުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި މިއަދަކީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ މެމްބަރުން ހޮވުމަށް ވޯޓުލީ ސަބަބު ހަގީގަތަކަށް ހަދައިދޭން ފެށޭ ދުވަސް ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކޮށްފައި އަދި މަޑުޖައްސާލެވެން ނެތް ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި މި ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ. މި ފަނޑިޔާރު ޖަލަށް ލެވެން ޖެހޭނެ." ޖީހާން ވިދާޅުވި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމުގެ ކުރިން މިހާރު ކުރިއަށްދާ ބަހުސްގައި ހުރިހާ މެމްބަރުންވެސް ބުނަމުން ދަނީ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަކީ ޖުޑިޝަރީ އިސްލާޙު ކުރުމުގެ ފެށުން ކަމަށެވެ.

https://sun.mv/123536

comment ކޮމެންޓް

comment ޤާދިރު

6 year 8 month ago

"މެމްބަރު އަލީ ހުސައިން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ތައްޔާރުކޮށްފައި އޮތް ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް ބަލާލުމުން އަމިއްލަޔަށް ލަދު ގަންނަން ޖެހޭ ޒާތުގެ އެތަށް ބައިވަރު ޓެކްސްޓް މެސެޖްތަކެެއް ފެނުނު ކަމަށެވެ." މެޓްތެރަށް ލައިއޮޅައިގެން އަދީބު އަތުން ދެމިލިޔަން ރުފިޔާ ރިޝްވަތަށް ގެންދިޔައިރު ވަކީލެއްގެ ހައިސިއްޔަތުން ލަދެއްނުގަނޭތަ؟

comment މުޙައްމަދު

6 year 8 month ago

ފަޑިޔާރުންގެ އެކަނި ވާހަކަ ދެއްކޭކަށްނެތް، މަޖިލިހުގައި ވޭތުވެ ދިޔަ ތަނުގައި މަޖިލިހުގައި މެންބަރުން ޖެހި ސަކަރާތާއި މެނަބަރުންގެ ތެރޭގައި ހިގިމާރާ މާރިއާއި ގޮވި ހަޅޭކާ އެއްޗެއްސަށް ދިން ގެއްލުމާއި ކޮރަޕްޝަނުގައި ކުރެވުނު ތުހުމަތުތަކާއި އެބައިމީހުންގެ ޢަމަލުތަކަކީ ކޮންކަހަލަ ކަމެއްބައި، މިކަންކަން ތަހުޤީޤް ކުރާނެ ފަރާތެއް ނެތީބާއި ދެރެވެ ލަދުގަންނަ ބަޔަކުވެސް ނެތީބައި މި ވާހަކަ ދައްކާނެ ފަރާތެއް ނެތީބައި،

comment ޢަލީ މާހިރު

6 year 8 month ago

މީގެ މަޖާތަންކޮޅަކީ މަޖިލީސް މެންބަރުން ޒިންމާދާރުވާން ޖެހޭ ގޮތެއް ޖަވާބުދާރީވާންޖެހޭ ބަޔެއް ވެސް ނެތުން. ޢެއް ދުވަހު ޖަޒުބާތުގައި ޑިފެކްޝަން ޤާނޫނު އުވާލައި އަނެއް ދުވަހު ހަމަ އެކަމަށް ގާނޫނެއް ހެދިޔަސް އޯކޭ. ތެދުބަހުން ވާހަކަދައްކާން ދެކޮޅު ހެދިޔަސް އޯކޭ. މިއަދު މަޖިލީހަށް އިތުބާރުކުރާ ރައްޔިތަކު ނެތް. ދެން އެ މީހުން ހަދާ ޤާނޫނަށް، އެ މީހުން ނިންމާ ނިންމުމަށް އިތުބާރުކުރެވޭނީ ކިހިނެއް. ޤައުމު ހަލާކުވެއްޖެ.

comment ކިލިް

6 year 8 month ago

އެހެން މީހުންނަށް ފިލާވަޅު ދެވޭނީ ފުރަތަމަ ތިމާ އަމިއްލަ ނަފްސް އިސްލާހުކޮށްގެން. ލަދެއް އަގަލެއް ނެތް ބައެއް ތިޔަމެމްބަރުންނަކީ އަޚްލާޤް ގެ ކަންފުޅެއްވެސް ނެތް. ދެން ޤައުމަށް ތެދުވެރި