ދިވެހި އަދި އިސްލާމް ޕޭޕަރުތައް މާކުކުރާނެ މީހުން ހޯދަނީ

ސްކޫލެއްގައި އިމްތިހާނު ހަދަނީ ---- ސަން ފައިލް ފޮޓޯ

ދެހާސް ނަވާރަ ވަނަ އަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނާއި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރުމަށް 110 މާކަރުން ބޭނުންވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެޗްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސް މާކުކުރުމަށް ކޮންމެ މާއްދާއަކަށް 15 މާކަރުން، އަދި އެސްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސްތައް މާކުކުރުމަށް ކޮޮންމެ މާއްދާއަކަށް 40 މާކަރުން ބޭނުންވާ ކަމަށެވެ. އެއީ ޖުމްލަ 110 މާކަރުންނެވެ.

މާކުކުރާ ކޮންމެ ކަރުދާހަކަށް 60 ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި، ފާއިތުވި ފަސް އަހަރުގެ ތެރެއިން ތިން އަހަރު މާކުކުރުމުގެ މަސައްކަތް ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ދެވޭނެކަމަށްވެސް އިއުލާނުގައި ވެއެވެ.

ދެ އިމްތިހާނުގެ މާކިން ވޯކްޝޮޕާއި ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮކްޓޫބަރު 26 އިން 29 އަށެވެ. އަދި ޖަވާބު ކަރުދާސް މާކުކުރުން ކުރިއަށްދާނީ ނޮވެމްބަރު 30 އިން ޑިސެމްބަރު 16 އަށެވެ.

މާކިންގައި ބައިވެރިވެވޭނީ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށްފަހުއެވެ.

އެހެންކަމުން ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީއަށް ކިޔަވައިދެއްވައި، ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން، ބައިވެރިވާން އެދޭ އިމްތިހާނާއި މާއްދާ އެނގޭ ގޮތަށް ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ޑީޕީއީއަށް އީމެއިލް ކުރަންޖެހެއެވެ.

comment ކޮމެންޓް