ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

ފިނޭ ފިނޭންސް މިނިސްޓަރީން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައެއް މެންބަރުން: --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މިއަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް 1.7 މިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ އިން ފާސްކޮށްފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީ އިން މިރޭ ފާސްކޮށްފައިވަނީ ދައުލަތުގެ ހަރަދަށް އިތުރުވާ 1.7 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށެވެ.

މީގެ އިތުރުން ބަޖެޓު ރިކޮމެންޑޭޝަނުގެ ގޮތުގައި ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށްވެސް ހަތްމިނެޓު ދިނުމަށް މިރޭ ވަނީ ފާސްކޮށްފައެވެ.

ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްވީ ކޮމެޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެރެކޯޑް ބަޖެޓެކެވެ. ބަޖެޓަށް އިތުރުކުރަން ފާސްކުރި 1.7 ބިލިއަން ރުފިޔާ އާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 14.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަދު ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓަށް ފައިސާ އިތުރުކުރުމަސް ހުށަހެޅީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި މީގެ ކުރިން ފާސް ކޮށްފައިވާ ބަޖެޓްގައި ހުރި ގިނަ ކަންކަމަކީ ނިމިދިޔަ ސަރުކާރުން ހިމަނާފައިވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ބަޖެޓް މި ހުށަހަޅަނީ އެއްވެސް ހާލެއްގައި 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެނެއް ނޫން. މި ޖުލައި މަހުގެ ނިޔަލަށް ބަޖެޓުން ހަރަދު ކުރެވިފައިވަނީ ފާސްކުރި މިންވަރުގެ 50 އިންސައްތަ،" އަމީރު ވިދާޅުވި އެވެ.

"ސަޕްލިމެންޓްރީ ބަޖެޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް އެކުލަވާލެވުނު ޖަޒީރާ ރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބަޖެޓް ކަނޑައެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް