އައްޑޫ ބޮނޑި، ބަދަލެއް ނާންނަ މީރު ރަހަ!

ރާއްޖޭގެ އެކި އަތޮޅުތައް އަދި ވަކިވަކި ރަށްތައް އެކި ކަންކަމަށް ހާއްސަވެ އެވެ. މިގޮތުން، ދިއްގަރު ރިހާކުރާއި، ގައްދޫ ކުނާވިޔުމާއި، ތޮއްޑޫ ކަރާއާއި، ތުޅާދޫގެ ލިޔެލާޖެހުން ފަދަ އެތައް ކަމެކެވެ.

މި ލިސްޓުގައި އައްޑޫ ހިމަނައިފިނަމަ ގައިމުވެސް ހިމެނޭނެ އެއްކަމަކީ 'އައްޑޫ ބޮނޑި' އެވެ. އައްޑޫ ބޮޑީގައި އެ ހުންނަ ކުލައެއް، ރަހައެއް، އަސަރެއް ރާއްޖޭގެ އެހެން އެއްވެސް ތާކުން ނުލިބޭނެއޭ އެ ބުނަނީ ހަމަ ތެދެއްކަން މިފަހަރު ސަން ރަށަށް ޓީމަށްވެސް އެނގިއްޖެ އެވެ.

އައްޑޫގެ ކޮންމެ ރަށެއްގައިވެސް ބޮނޑިހަދަން ދަންނަ އެކަންކުރާ އެތައް ބަޔަކު އެބަތިއްބެވެ. މިގޮތުން ބޮނޑިހަދާ މަންޒަރާއި އެކު އިންޓަވިއު ދީފައިވަނީ އައްޑޫމީދޫ، "އާކުރި" ގޭގެ އާއިޝަތު މުހައްމަދެވެ. އާންމު ނަމުންނަމަ އެންމެނަށްވެސް އެނގޭނީ، އިސްމެހެލާގެ ދައްތައޭ ބުނުމުންނެވެ.

އާއިޝަތު މުހައްމަދު ބުނާގޮތުން އޭނާ ބޮނޑި ހަދާތާ މިހާރު ގާތްގަނޑަކާށް 40 ހަކަށް އަހަރު ވެދާނެ އެވެ. އާކުރިގޭ އުނދޯލީގައި ނިކަން ހަމަޖެހިލައިގެން އިނދެ އަހަރެމެންނަށް އިންޓަވިއު ދެމުން ދައްތަ ބުނީ އައްޑޫ ބޮނޑި ހަމަ އެހެން ރަށްރަށުގެ ބޮނޑިއާ 'ހާސް ބައި' ތަފާތު ވާނެ ކަމަށެވެ. ޒަމާނާ އެކު ބޮނޑި ހެދުމަށް ބައެއް ބަދަލުތައް އައި ނަމަވެސް ހަގީގީ އައްޑޫ ބޮނޑީގެ ރަހަ ހުރީ ހަމައެގޮތުގަ އެވެ. އެހެން ވީމާ، އައިސްތު މުހައްމަދުގެ އައްޑޫ ބޮނޑީގެ ރެސިޕީ ބަލައިލާށެވެ.

comment ކޮމެންޓް