ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ނަގިލި ނަގަން ފޭބި މީހާ ގެއްލުނު ސަރަހައްދު---ފޮޓޯ: އެމްއެންޑީއެފް

ކ. ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯނީގެ ނަގިލި ނަގަން ފޭބިފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބިދޭސީ ފަޅުވެރިއާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:50 ގައި ކަމަށެވެ.

އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން 21 މީޓަރު އަޑީގައި އޮއްވައި މިއަދު ހަވީރު 4:21 އެހައިކަންހާއިރު ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގިއިރު ދޯނީގާއި އަށް ދިވެހިން ތިބި ކަމަށެވެ.

comment ކޮމެންޓް