ސްމާޓް ސްކޫލެއްގެ ގޮތުގައި ތަރައްގީކުރި މިލަންދޫ ސްކޫލުގެ ސީލިން ވެއްޓިއްޖެ

މިލަންދޫ ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން ވެއްޓިފައި -- ފޮޓޯ: ފޭސްބުކް

އަތޮޅުތެރޭ ގާއިމްކުރި އެންމެ ފުރަތަމަ ސްމާޓް ސްކޫލުގެ ސީލިން ވެއްޓިއްޖެއެވެ.

ށ. މިލަންދޫގައި ގާއިމްކޮށްފައިވާ އެ ސްކޫލުގެ ތިން ކްލާސް ރޫމެއްގެ ސީލިން މިއަދު ހެނދުނު ވެއްޓުނީ ވިއްސާރަވެ ވައިގަދަ ވުމުގެ ސަބަބުންނެވެ. "ސަން" އާ ވާހަކަ ދައްކަވަމުން މިނަލްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރު އެ ސްކޫލުގެ ތިން ކްލާސްރޫމެއްގެ ސީލިންވެއްޓި، ކަރަންޓު ޝޯޓުވުމުގެ ސަބަބުން ކްލާސްރޫމުތަކުން ކުދިން ނެރެންޖެހުނު ކަމަށެވެ.

https://sun.mv/99686

"ސީލިން ހުންނަނީ ރާވާ ގޮތަށް. ވައިގަދަވެގެން ސީލިން ވެއްޓުނީ. ސްކޫލު އަޅަމުންދިޔައިރުވެސް ބުނި ކަމަށްވަނީ މިތަނާ، އެކަހަލަ ސީލިން ނުގުޅޭނެ ކަމަށް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ތިން ކްލާސްރޫމަށް ފެން ވަނުމުގެ އިތުރުން އަލަށް އެޅި އިމާރާތުގައި ހުންނަ އެ ސްކޫލުގެ ލައިބްރަރީ އާއި ލެބޯޓްރީ އަދި ކޮޮމްޕިޔުޓަރު ލެބަށްވެސް ފެން ވަދެފައިވާ ކަމަށެވެ.

"ކުއްޖަކަށް ގެއްލުމެއް ނުވޭ. އެކަމަކު ފެން ވަނުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވެފައި ވަނީ،"

ޝިޔާމް ވިދަޅުވީ ހެނދުނު އެރަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުނު ކަމަށެވެ.

މިލަންދޫ ސްކޫލުގެ އިމާރާތް---

އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެ ސަރަހައްދަށް މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިލަންދޫ ސްކޫލުގެ ސްމާޓް އިމާރާތް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. އެ އިމާރާތުގައި 30 ކްލާސްރޫމާއި ހާއްސަ އެހީއަށް ބޭނުންވާ ދެ ކްލާސްރޫމް އަދި ތިން ސައިންސް ލެބް ހިމެނެއެވެ. މީގެ އިތުރުން ކޮމްޕިއުޓާލެބަކާއި ލައިބްރަރީއެއްވެސް އެ އިމާރާތުގައި ހިމެނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ސްކޫލެކެވެ.

https://sun.mv/99463

comment ކޮމެންޓް