އަތޮޅުތެރޭގައި ގާއިމްކުރި ފުރަތަމަ ސްމާޓް ސްކޫލް މިލަންދޫގައި

ށ. މިލަންދޫގައި ހެދި އައު ސްކޫލު އިމާރާތް--ފޮޓޯ/އެސްޖޭ ކޮންސްޓްރަކްޝަން

ޖާގައިގެ ގޮތުން އަތޮޅު ތެރޭގައި މިހާތަނަށް އިމާރަތް ކުރި އެންމެ ތަނަވަސް އަދި ޑިޒަން އެންޑް ބިލްޑް ކޮންސެޕްޓްގެ ދަށުން އަތުޅުތެރޭގައި ގާއިމްކުރި ފުރަތަމަ ސްމާޓް ސްކޫލު ށ. މިލަންދޫގައި އިމާރާތްކޮށް އެ ސްކޫލު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެސްޖޭ ކޮންސްޓްރެކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތް ކުރި އެ ސްކޫލު މިއަދު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބުރާހިމެވެ. މިނިސްޓްރީގެ ފަރާތުން ސްކޫލާ ހަވާލުވެވަޑައިގެންނެވީ އެމިނިސްޓްރީއަށް ވޯލްޑްބޭންކްގެ ފަރާތުން ކަނޑައަޅާފައި ހުންނަ ޕްރޮޖެކްޓް ކޯޑިނޭޓަރު ވަލީދާ މުހައްމަދެވެ.

ށ. މިލަންދޫގައި ހެދި އައު ސްކޫލު އިމާރާތް--ފޮޓޯ/އެސްޖޭ ކޮންސްޓްރަކްޝަން

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެސްކޫލްގެ އައު އިމާރާތުގައި 30 ކްލާސްރޫމާއި ހާއްސަ އެހީއަށް ބޭނުންވާ ދެ ކްލާސްރޫމް އަދި ތިން ސައިންސް ލެބް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެއް ކޮންޕިއުޓަރު ލެބާއި ކުތުބުހާނާއެއްވެސް އައު އިމާރާތުގައި ހިމެނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ ބުނެފައެވެ. އައު އިމާރާތުގައި އެޑްމިނިސްޓްރޭޓީވް އޮފީސް ތަކާއި ކެފޭއެއްގެ އިތުރުން ނަމާދުކުރާ ތަނެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ރާއްޖޭގައި މިހާރުވެސް 212 ސްކޫލެއްގައި ކިޔަވައިދެމުންދާއިރު މިލަންދޫ ސްކޫލުގެ އައު އިމާރާތުގައި ހަދާފައިވާ ކުތުބުހާނާއަކީ ރާއްޖޭގައިވެސް ހުރި އެންމެ ބޮޑު ކުތުބުހާނާއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ސްކޫލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު