ބްރޯޑްކޮމްގެ މެމްބަރު ނަބާހު އިސްތިއުފާދެއްވައިފި

ނަބާހު މިއަދު ރައީސް އޮފީސް ކައިރީގައި --

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އެ ކޮމިޝަނުގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނަބާހު ކޮމިޝަނަށް އައްޔަނުކުރީ 5 އޭޕްރިލް 2016 ވަނަ އަހަރުގަ އެވެ.

ނަބާހު މިއަދު އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް އޭނާ މަގާމުން ވަކިވެވަޑައިގަތް ސަބަބެއް ނޭނގެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރި އިރު، ބްރޯޑްކޮމްގެ މެމްބަރުންނަށް ކުރީގެ ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވިތޯ ކޮމިޓީގެ މެމްބަރު ސުވާލު އުފެއްދެވި އެވެ.

https://sun.mv/120610

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު ނަބާހު ވިދާޅުވެފައި ވަނީ އޭނާއަކީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާ ވަރަށް ގާތް މީހެއް ކަމަށާއި، ނިހާނުގެ ސިޔާސީ ކެމްޕޭނުގައި މީގެ ކުރިން އުޅެފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް ނިހާން ނުވަތަ އެހެން ސިޔާސީ މީހެއްގެ ފަރާތުން ވެސް އޭނާ އަށް ނުފޫޒު ނާންނަ ކަމަށް ނަބާހު ވިދާޅުވި އެވެ.

"އެހެންއެއް ނޫން، ބައެއް ބޭފުޅުން ބައެއް ގަޑި ގަޑީގައި ބައެއް ކަހަލަ އެއްޗިސް ބުނީމަ، އަޅުގަނޑު ބުނަން ގާނޫނުން ތިބޭފުޅާއަށް އޮންނާނޭ އިހުތިޔާރު މައްސަލަ ހުށަހެޅުމަށް،" ނަބާހު ވިދާޅުވި އެވެ.

https://sun.mv/120608

ނަބާހު މިއަދު އިސްތިއުފާ ދެއްވާފައި ވާ އިރު، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކޮމިޝަނުގެ ވަޒީފާއަށް ނުނުކުމެ ހުންނެވި ސޮފްވާން އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވީ އޭނާ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވީ ދިގު މުއްދަތަކަށް ސިއްހީ ފަރުވާއެއް ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވަޒީފާއަށް ނުނުކުތް ސަބަބު ބެލުމަށް ކޮމިޝަނުން މަސައްކަތް ވެސް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/120921

ކޮމިޝަނަށް ސިޔާސީ ނުފޫޒު ވައްދައި، އަދި ކޮމިޝަނުގެ މެމްބަރުންނަށް ވެސް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވިކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވުނު ސޮފްވާން އިސްތިއުފާ ސިޓީގައި ވިދާޅުވީ އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ ސޮފްވާން އެފަދަ މަސައްކަތްތައް ކުރެއްވިކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ކޮމިޓީގައި ވިދާޅުވީ ރާއްޖެޓީވީ ބަންދުކުރުމަށް ވެސް މަސައްކަތްކުރީ ސޮފްވާން ކަމަށެވެ.

comment ކޮމެންޓް