ވަލު ދޮރޯށިން ފަނޑިޔާރުން ވަކިކުރުން ގާނޫނުއަސާސީއާ ހިލާފު: މައުމޫނު ހަމީދު

ވަކީލު މައުމޫން ހަމީދު ނޫސްވެރިންނައް މައުލޫމާތު ދެއްވަނީ --- ސަންފޮޓޯ

ވަލު ދޮރޯށިން ފަނޑިޔާރުން ވަކި ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ކަމަށް ގަނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފަ އެވެ. އެކަމާ ގުޅިގެން މައުމޫނު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ޖޭއެސްސީއިން ޝަރުތު ހަމަވޭތޯ ބަލަން ފަށައިފި ނަމަ އެކަންވެސް ވާނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މައުމޫނު ހަމީދު ވިދާޅުވި ގޮތުގައި ވަކި ވަކި ފަނޑިޔާރުން އަދި މުޅި ފަނޑިޔާރުންގެ ބެންޗުވިޔަސް ވަކި ކުރުމުގެ ބާރު ގާނޫނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެކަމަކު މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ބޭރުން ކަންކަން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައްޔިތުން ހަވާލު ކުރި ޒިންމާއާ އެއްގޮތަށް އަމަލު ނުކުން ކަމަށް މައުމޫނު ވިދާޅުވި އެވެ.

ފަނޑިޔާރަކު ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް ކަމެއް ކޮށްފި ނަމަ ޖޭއެސްސީއިން އެކަން ބަލަން ޖެހޭނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުން ގާބިލު ނޫން ކަމަށް ފެންނަ ނަމަ ވަކި ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ކުރަންވާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ޖޭއެސްސީއިން މިހާރު ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އެ ކޮމިޝަނުގެ އިސް ނެގުމަށް ބަލާ މައްސަލަތަކާއި އަމިއްލަ ފަރާތްތަކުން ހުށަހަޅައިގެން ބަލާ މައްސަލަތައް ހިމެނެ އެވެ.

https://sun.mv/120746

comment ކޮމެންޓް