ޓީޓީއެމް ސަމިޓު ކާމިޔާބު ކަމާއެކު ނިންމާލައިފި

ޓީޓީއެމް ސަމިޓުގެ ތެރެއިން -- ފޮޓޯ އޯކާ މީޑިއާ

އޯކާ މީޑިއާ ގުރޫޕުން އިންތިޒާމު ކުރާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް 2019) ޓްރޭޑް ފެއާގެ ކޮމްޕޯނެންޓެއްގެ ގޮތުގައި ބާއްވާ ޓީޓީއެމް ޓްރެވަލް ސަމިޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މި ސަމިޓު ބާއްވާފައިވަނީ އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. ޓީޓީއެމް ސަމިޓުގައި ޓްރެވަލް ދާއިރާގައި މަސައްކަތް ކުރައްވާ ބޭރުގެ ގިނަ ތަޖުރިބާކާރުން ބައިވެރިވި އެވެ.

މި ސަމިޓުގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެގެ ރީތިކަމަކީ އާދަޔާހިލާފު ރީތި ކަމެއް ކަމަށާއި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

ޓީޓީއެމް ސަމިޓުގެ ތެރެއިން -- ފޮޓޯ އޯކާ މީޑިއާ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވިދާޅުވީ ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ރޯޑްޝޯތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ސަމިޓުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ޕްރޮފެސަރު ހަސަން އުގައިލާއި އެސްއެމްއީ ބިޒްނަސް އޯނަރުންގެ އިތުރުން ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންނާއެކު ކުރިއަށްދާ ޓީޓީއެމް ފެއާގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ އެވެ. ގޯލްޑް ޕާޓްނަރުންނަކީ އެލައިޑާއި އާއި އަލްޝާލީ، ހަސަން މެރިން، އެމް7 ޕްރިންޓް، ދަ ހޯކްސް، ކާސްޓްރޯލް މޯލްޑިވްސް، އެމްއޭސީއެލް އަދި އެޗްއާރްއެސް އިންޓަނޭޝަނަލްއެވެ. ޓްރެވަލް ޕާޓްނަރުންނަކީ ގަތަރު އެއާވޭސް އާއި މޯލްޑިވިއަން އަދި ފްލައިމީ އެވެ.

ޓީޓީއެމް ސަމިޓުގެ ތެރެއިން -- ފޮޓޯ އޯކާ މީޑިއާ

ޓީޓީއެމް ފެއާ އަށް 300 އަށް ވުރެ ގިނަ ހޮޓެލިއަރުންނާއި ސަޕްލަޔަރުން އަދި އިންޑަސްޓްރީ އާއި ގުޅުންހުރި ފަރާތްތައް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ނެޓްވޯކިން ސެޝަންތައްވެސް ކުރިއަށްދާނެއެވެ.

comment ކޮމެންޓް