ސައީދުގެ "ނަމަ" މިރޭ!

"ނަމަ"ގެ ޕޯސްޓަރެއް---

މަޝްހޫރު ފިލްމީތަރި އަހްމަދު ސައީދު ޑައިރެކްޓްކޮށްފައިވާ ޑްރާމާ "ނަމަ" މިރޭ ދެއްކުމަށް ނިންމައިފިއެވެ.

"ވެމްކޯ"ގެ މުވައްޒަފުން ފެނިގެންދާ އެ ޑްރާމާގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރު މަހްދީ އަޙްމަދު އެވެ.

ކެމެރާމަން އަކީ ޝިވާޒް (މާސްކޭ)އެވެ.

ޑްރާމާ އާ ގުޅޭގޮތުން ސައީދު "ސަން"އަށް ބުނީ އެ ޑްރާމާ އަކީ މުޖުތަމައުއަށް މެސެޖެއް ރައްދުކޮށްދޭނެ ވަރުގަދަ ޑްރާމާ އެއް ކަމަށެވެ.

"އިބްރަތްތެރި މެސެޖެއް ލިބޭނެ،"

"ނަމަ" ދައްކާނީ މިރޭ 22:00 ގައި ޓީވީއެމްއިންނެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް އޮފީސްތަކުގެ ޑްރާމާތަކަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ.

comment ކޮމެންޓް