ސުނީތާގެ އުފަން ދުވަހުގެ ހަދިޔާ ރެފިއުޖީ ކޭމްޕްއަކަށް

ސުނީ ބޭރުކުދިންނަށް އެހީދެނީ--- ފޮޓޯ/ ސުނީޔާ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ލުބްނާނުގެ ރެފިއުޖީ ކޭމްޕަކަށް އެހީވާން ނިންމައިފި އެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި ސުނީ ބުނީ އުފަންދުވަހާ ދިމާކޮށް ސަދަގާތެއް ކުރަން ބޭނުންވީ ކަމަށެވެ. މިދިޔަ އަހަރު އޭނާގެ އުފަންދުވަހުގައި އޭނާގެ އަޑުން ކިޔާފައިވާ މަދަހައެއް ނެރުނެވެ.

މި ފަހަރު މުޅިން އާ ކަމެކެވެ. ލުބްނާނުގެ ރެފިއުޖީ ކޭމްޕްތަކަށް ސުނީ އެހީތެރިވެދެނީ އެވެ.

"ވަރަށް ވިސްނިން ކޮންކަމެއްތޯ މިފަހަރުގެ އުފަންދުވަހާ ދިމާކޮށް ކުރާނީ. އަބަދުވެސް މި ކަހަލަ ކަންތައްތަކަށް ޝައުގުވެރިކަން ހުރޭ. ލުބްނާން އަށް ދިޔައިން. އެތަނުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ކުދިންގެ ހާލަތު ވަރަށް ގާތުން ފެނިފައިވަނީ،" ނެށުމުގެ ދާއިރާއިން މަގުބޫލްކަން ހޯދާފައިވާ ސުނީތާ ބުންޏެވެ.

މިއަހަރު ސުނީގެ އުފަންދުވަސް އަންނަނީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ.

ސުނީތާ އޭނާގެ ބޭރު އާއިލާ އާ އެކުގައި--- ފޮޓޯ/ ސުނީތާ

ސުނީތާ އެހީވާން ނިންމާފައިވާ އެ ކޭމްޕަކީ ސީރިޔާ ގާޒާ ފަލަސްތީން ޖޯޑަން އަދި ލުބުނާނުގެ ރެފިއުޖީން އުޅޭ ކޭމްޕެކެވެ.

"އާއިލާ އެއް ކަހަލަ ބައެއް އެތަކުގައި ދިރިއުޅޭނެ. މިހާރުވެސް ޑޮލަރު ހަދިޔާ ކުރަމުން މިގެންދަނީ. އެބަ ބަލަން ރޯދަވީއްލުމެއް ވެސް ދެވޭތޯ. އަސްލު ބެލީ ބައިވަރު ގައުމުތަކުގެ މީހުންނަށް ސަދަގާތެއް ކުރެވޭތޯ،" ސުނީތާ ބުންޏެވެ.

comment ކޮމެންޓް