މާރާމަތަށް ބަންދުކޮށްފައިވާ މ. ހަކުރާ ހުރާ ރިސޯޓްގައި މަސައްކަތްކުރާ ހަތް ބިދޭސީއެއް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ކާނާވިހަވި ބިދޭސީންނަށް ފަރުވާ ދެމުން އަންނަނީ މ. މުލީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ކާނާވިހަވެގެން ގެނައީ ބަންގުލަދޭޝް އަދި ސްރީލަންކާގެ ރައްޔިތުންތަކެއް ކަމަށެވެ.
އެ ހަތް މީހުން ވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.