ޑެންގީ ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ

މ. މުލި: ޑެންގީ ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައި --

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީމު މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އަންހެން ކުއްޖަކު ރޭގެ ވަގުތެއްގައި ވަނީ މަރުވެފައެވެ. މިކަން އެ ރަށު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހަމައެހެންމެ، މި މަހުގެ 13 ވަނަ ދުވަހު ވެސް ޑެންގީ ޖެހިގެން 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. މި ދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އާންމުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

  • މީމު މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އަންހެން ކުއްޖަކު ޑެންގީ ޖެހިގެން މަރުވުން.
  • އެ ކުއްޖާ މަރުވީ ރޭގެ ވަގުތެއްގައިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވުން.
  • މި މަހުގެ 13 ވަނަ ދުވަހު ވެސް 22 އަހަރުގެ ޒުވާނަކު ޑެންގީގައި މަރުވެފައިވުން.
  • ޑެންގީ ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފައިވުން.

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މި ބައްޔަށް ފަރުވާ ހޯދަނިކޮށް މަރުވީ މ. މުއްޔަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ޑެންގީ ޖެހިގެން ފަރުވާ ހޯދަނިކޮށްކަން އެ ރަށު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ކަށުނަމާދު ޕޭޖްގައި ވާގޮތުން އެ ކުއްޖާ މަރުވީ ރޭގެ ވަގުތެއްގައެވެ. އަދި، މިއަދު އެ ކުއްޖާއަށް ކަށުނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު މާ ގިނަ ތަފުސީލުތަކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑެންގީ ހުން ޖެހިގެން މި މަހު 13 ވަނަ ދުވަހު ވެސް ޒުވާނަކު މަރުވެފައިވެއެވެ. އެއީ، ށ. މިލަންދުއަށް އުފަން 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެސް މަރުވީ ޑެންގީ ހުން ޖެހިގެން ހާލު ގޯސްވެގެންނެވެ.

https://sun.mv/220707

މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް