ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ، އެންމެ ގިނަ ފައިސާ އެމްޑީޕީއަށް

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގަތް ދުވަހު އެމްޑީޕީ މެންބަރުން އެއްވެފައި.

މިއަހަރުގެ ބަޖެޓުން ސިޔާސީ ހަތަރު ޕާޓީއަކަށް ފައިސާ ދޭން އީސީއިން މިއަދު ނިންމައިފި އެވެ. އެގޮތުން އެންމެ ގިނަ ފައިސާ މިފަހަރު ލިބެނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށްކަން ވަނީ އެނގިފަގ އެވެ. އެއީ 12.8 މިލިއަން ރުފިޔާ އެވެ.

ދެން ފައިސާ ދޭ ޕާޓީތަކަކީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ. ހަތަރު ޕާޓީއަށް 26.2 މިލިއަން ރުފިޔާ ދައުލަތުން ދޭން ވަނީ ކަނޑައަޅާފަ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ޖޭޕީ އަދި އެމްޑީއޭއަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފިނޭންސް މިނިސްޓްރީގައި އެދެފި އެވެ. ނަމަވެސް ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް ފިނޭންސްގައި އިލެކްޝަނަކުން ނޭދެ އެވެ.

ޕީޕީއެމަށް ފައިސާ ނުދީ މަޑު ޖައްސަލާފައި ވަނީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އަހަރީ ރިޕޯޓު އަލުން އިސްލާހު ކުރުމަށް އަންގާފައިވާތީ ކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގައި ނުވަ ސިޔާސީ ޕާޓީއެއް ރެޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން ފައިސާ ދޫކުރަން ނިންމާފައިވަނީ 10،000 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ތިބި ޕާޓީތަކަށެވެ. އެއީ ގާނޫނު ބުނާގޮތެވެ.

comment ކޮމެންޓް